الاثنين، 10 مايو 2010

މިހާރުވެސް ދެވަނަ ޑިވިޝަނަށް ކުޅުމުގެ ފުރުޞަތު ލިބިފައި

ލިޔުނީ : މިހާސް


















ލަންދޫގެ ފުޓްބޯޅައަށް ބޮޑަތި އެތައް ޚަރަދުތަކެއް ކުރަމުން އަންނަ ، މިއަދު ލަންދޫގެ ފުޓްބޯޅަ ދަނޑުގައި އެންމެ ހިތްވަރާއި އެކު މަސައްކަތް ކުރަމުންދާ ނ.ލަންދޫ ސާޙް ހަސަން ސައިފްއަށް ދިރާގު ދިވެހި ލީގުގެ ދެވަނަ ޑިވިޝަނުގެ ޓީމަކަށް ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު މިހާރުވެސް ލިބިފައިވާކަން އޭނާ ހާމަ ކޮށްފިއެވެ.
ސައިފް މިކަން ހާމަކޮށްފައިވަނީ އޭނާގެ ހަޔާތުގައި މިހާތަނަށް ދިން ފުރަތަމަ އިންޓަވިއު މިބްލޮގް ( ލަންދޫ ސޮކަރ .ޓީކޭ ) އަށް ދެމުންނެވެ. ސައިފް ދިން ޙާއްޞަ އިންޓަވިއުގެ ޙާއްޞަ ޚުލާސާއެއް ތިރީގައި މިވަނީއެވެ.
ނަން: ހަސަން ސައިފް
ޢާއްމުކޮށް ކިޔާނަން : ސައިއްޕޭ
އުފަންދުވަސް : 2 އޮގަސްޓް
ފުޓްބޯޅަ ކުޅެންފެށީ : ހަނދާން ހުންނަންފެށިއިރުން ފެށިގެން
ފުރަތަމަ ލަންދޫގެ އެއްނަމްބަރ ޓީމަށް ކުޅުނީ : 2005 ވަނަ އަހަރު މަނަދޫ ޓީމަކާއި ދެކޮޅަށް
މިވަގުތު ރަށުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ : ނަޢުޝާދު ޢަބުދުއްރަޙީމް ( ނާގޭ )
ދުނިޔޭގައި ހުރި އެންމެ މޮޅުކުޅުންތެރިޔާ : އާޖެންޓީނާގެ ތަރި މެސީ
އެންމެކުޅޭހިތްވާ މަޤާމް: ވަކި މަޤާމެއްނެތް ( އެވަގުތަކު ކުޅެން ޖެހުނުތަނެއް އޯކޭ )
ރަށުން އެންމެ މަޤްބޫލް ކޯޗު: އަބޫބަކުރު ޢަބުދުއްރަޙީމް ( ނާސިރާ އަބޭ )
އެންމެ ދާހިތްވާރަށް : ނެތް
އެންމެމީރު ކެއުން : ފްރައީޑް ނޫޑްލިސް
އެންމެ މީރުބުއިން : ކުރުބާފަނި / ކުއްޅަވަށްފަނި
އެންމެދާހިތްވާ ޤައުމު : އޮސްޓްރޭލިޔާ
ފުޓްބޯޅައިގެ ސަޙްސިއްޔަތު : ބްރެޒިލްގެ ޕެލޭ
މިހާތަނަށް ހަނދާނުން ފުހެލުމަށް އެންމެދަތިވި މެޗު: ލިޔެސް ހޮލިޑޭކަޕްގެ ފައިނަލް މެޗު
އެންމެބޮޑު ކާމިޔާބީ: ލަންދޫގެ އެއްނަމްބަރ ޓީމަށް ކޫޅެންފެށީންސުރެން އެޓީމުން ފުރުޞަތު ގެއްލިގެން ނުދިއުން
ކުލަބު ޗެލެންޖާރސް  ދޫކޮށްލަން ގަސްތުކުރަންތަ: ނޫން
ކުލަބު ޗެލެންޖާރސް އަށް އިތުރު ކުޅުންތެރިން ހޯދުމަށް ވިސްނަންތަ : އާނ ! ބޭރުކުޅުންތެރިޔަކު ލިބޭތޯ އެބަބަލަން
ޒަވާޖީ ޙަޔާތެއް ފެށުމާއި މެދު : އިރާދަކުރެއްވިއްޔާ މިއަހަރު ހުސްވުމުގެ ކުރިން ފަށާނަން
ފުޓްބޯޅައަށް ބޮޑު ހޭދައެއް ކުރުމުގެ ސިއްރު : ފުޓްބޯޅައަށް ހުންނަ ޝައުޤަކާއި ލޯތްބެއްގެ ބޮޑުކަން
ފުޓްބޯޅައިން އެންމެ ދެކެން ބޭނުންވާދުވަސް: ރާއްޖޭގެ އެއްނަމްބަރ ޓީމަކަށް ލަންދޫ ޓީމްވާދުވަހެއް
ފަހުބަސް : ކޮންމެ މީހަކުވެސް ލަންދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރަންޖެހުނު ކޮންމެކަމެއް ، ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް ފަސް ނުޖެހޭށެވެ.


0 ޚިޔާލު:

إرسال تعليق

ޚިޔާލު ދެއްވުމަށް ތިރީގައިވާ ގޮޅި ބޭނުންކުރައްވާ

ފޮޓޯތައް